މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވޮއިސް

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ރ. އަތޮޅުގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދައިފި

މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރ. އަތޮޅުގެ އެއްވަނަ ހޮވުމަށް މިއަދު ކުޅުނު އަތޮޅު ފައިނަލް މެޗް ކާމިޔާބުކޮށް އަތޮޅުގެ އިނގުރައިދޫން ޗެމްޕިއަންކަން ހޯދައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗް ދުވާފަރާއި ދެކޮޅަށް ކުޅެ އިނގުރައިދޫން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެން 7 - 8 ގެ ނަތީޖާއަކުންނެވެ. 

މިއަދު ކުޅުނު މެޗުގައި ފުރަތަމަ ގޯލެއް ޖަހާ މެޗްގެ ލީޑު ނެގީ ދުވާފަރުންނެވެ. ނަމަވެސް ފަހުން އިނގުރައިދޫން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. އޭގެ ފަހުން މެޗް ކުރިއަށް ދިޔައީ ދާދި ހަމަހަމަކޮށެވެ. 

އެގ‏ޮތުން މެޗްގެ ފުރިހަމަ ވަގުތު ހަމަވީ 3 - 3 ގެ ނަތީޖާއަކުން ދެ ޓީމްވެސް އެއްވަރުވެގެނެވެ. 

މެޗްގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު އޭގެ ތެރެއިން ދުވާފަރަށް އެއް ޕެނަލްޓީ ނާކާމިޔާބު ވެފައިވާއިރު އިނގުރައިދޫގެ ހުރިހާ ޕެނަލްޓީއެއްވެސް ވަނީ ގޯލަށް ވައްދާލާފައެވެ.

މި މުބާރާތުގައި 2022 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ ދުވާފަރެވެ. މުބާރާތުގައި އިތުރު މެޗެއް އޮއްވާ އެފަހަރުގެ އަތޮޅު ޗެމްޕިއަންކަން ދުވާފަރުން ނެގީ އިނގުރައިދޫ އާއި ބައްދަލުކޮށް 3 - 2 ގެ ނަތީޖާއަކުންނެވެ. 

މީގެ އިތުރުން މި ދެ ޓީމް ފާހަގަ ކޮށްލެވިފައިވަނީ ރ. އަތޮޅުގައި މިފަހުން އެންމެ ވާދަވެރި ދެ ޓީމްގެ ގޮތުގައެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި މި ދެޓީމް ބައްދަލުކުރި ފައިނަލް މެޗަކީ ފާހަގަ ކޮށްލެވޭ މެޗެކެވެ. ސަޕޯޓަރުންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގި އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދުވާފަރުންނެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ