މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވޮއިސް

ޒޯން ބުރުގައި އިނގުރައިދޫން އޭދަފުށި ބަލިކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2023 ގައި ޒޯން ބުރުގައި މިރޭ އޭދަފުއްޓާއި އިނގުރައިދޫ ބައްދަލުކުރި މެޗު އިނގުރައިދޫއިން ކާމިޔާބު ކޮށްފިއެވެ.

މިރޭ ހުޅުމާލޭގައި ކުޅުނު މި މެޗްގައި ފުރަތަމަ ވެސް ގޯލްޖަހާ ލީޑު ނެގީ އިނގުރައިދޫ އިންނެވެ. އަދި ކައިރިކައިރީ އިތުރު ގޯލްތައް ކާމިޔާބު ކުރިއިރު އޭދަފުއްޓަށް ކާމިޔާބު ކުރެވުނީ އެންމެ ގޯލެކެވެ. 

އެއާއިއެކު މެޗް ނިމުނީ 3 - 1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިނގުރައިދޫއަށް އެ ޓީމްގެ އަޙްމަދު އައިހަމް ވަނީ ދެ ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި ދެން އެ ޓީމުން ޖެހި ގޯލް ޖަހައިދިނީ މުޙައްމަދު މަމްދޫހުއެވެ. އޭދަފުށީ ޓީމުން ޖެހި ހަމައެކަނި ގޯލް އެ ޓީމަށް ޖަހައިދިނީ ނައިޝަމް މުޙައްމަދެވެ.

މިރޭގެ މެޗްގެ ވެސް މޭން އޮފްދަ މެޗަކީ އިނގުރައިދޫ ޓީމްގެ ޢަލީ ހާފިޒު (ހާއްޕެ) އެވެ.

​މި ދެޓީމްވެސް ޒޯން ބުރާއި ހަމައަށް ގޮސްފައިވަނީ އަތޮޅު ބުރުގައި ކުޅުނު މެޗުތަކުން އަތޮޅު ޗެމްޕިއަނުންގެ ގޮތުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ