މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

​ކުޑަކުދިންގެ ދުވަހުގެ ހަދިޔާއަކަށް ފައިނު ކައުންސިލުން ރީތި ޕާކެއް

ފައިނު ކައުންސިލުން ފައިނުގައި ތަރައްގީކުރި ​ކުޑަކުދިންގެ ޕާކު ހުޅުވައިފިއެވެ.

މި ޕާކަށް ދީފައިވާ ނަމަކީ ރަންވެލި ޕާކް އެވެ.

ފައިނު ބަނދަރުމަތީ ތަރައްގީކުރި މި ޕާކަކީ ފައިނު ކައުންސިލްގެ ބަޖެޓުންނާއި އެމްޑަބްލިއުއެސްސީގެ ސީއެސްއާރު އެހީއަކާއެކު ތަރައްގީކުރި ޕާކެކެވެ.

ޕާކުގެ މައިގަނޑު ގިނަ މަސައްކަތްތައް ކޮށްފައިވަނީ ފައިނު ކައުންސިލްގެ މުވައްޒަފުންނާއި ފައިނުގައި ހުރި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނެވެ.

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރާއިއެކު މި ޕާކު ހުޅުވާފައިވާއިރު ޕާކު ހުޅުވައިދެއްވީ ފައިނު ސްކޫލްގެ ސްކޫލް އެޑްމިނިސްޓްރޭޓަރ ފާތިމަތު ވަހީދާއެވެ.

ފުލުހުންނާއި ރަށުގެ ކުދިބޮޑު ރައްޔިތުންތަކެއް ބައިވެރިވި މި ހަވީރުގައި ވަނީ ޕާކު ބޭނުންކުރަން ކުޑަކުދިންނަށް ހުޅުވާލާ ތަފާތު ގިފްޓް ބެހުން ކުރިއަށް ގެންގޮސްފައެވެ. 

މިއީ ފައިނުގައި ހުޅުވި ފުރަތަމަ ކުޑަކުދިންގެ ޕާކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ